ހުއްދަ ނުނަގައި ސަފާރީއެއްގައި ރާ ވިއްކި ދިވެއްސަކާއި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި
މިހާރު
2 ޖެނުއަރީ 2026 | ހުކުރު | 8:25
ހުއްދަ ނުނަގައި ސަފާރީއެއްގައި ބަނގުރާ ވިއްކި ދިވެއްސަކާއި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރި ބަޔަކު މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރޭޝަނުގައި ސަފާރީ ބަލައި ފާސްކުރި އިރު، 102 ފުޅި ބަނގުރަލާއި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.