ކުރީގެ ސަރުކާރުގެ ލިސްޓަށް ގެދޮރުވެރިޔާގެ 4،000 ފްލެޓު ދޭން ނިންމައިފި
މިނޫސް
29 މޭ 2025 | ބުރާސްފަތި | 3:39
ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ 4000 ފްލެޓު، އޭރު ހަދާފައިވާ ލިސްޓާ އެއްގޮތަށް ދޭން ނިންމައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އުޅެނިކޮށް، ނޮވެމްބަރު 2023 ގައި އެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރި އެވެ.
ނަމަވެސް، އޭސީސީން އެ ލިސްޓުގައި މައްސަލަތަކެއް ފާހަގަކުރުމުން، މި ސަރުކާރުން އެ ލިސްޓު ރިވިއު ކުރި އެވެ.