މި އީދުގައި މާފުށީގެ 20 އަހަރު ކުރީގެ ބޭންޑެއް | ސަގާފީ ބައި ރައްޔިތުންނަށް
މިނޫސް
30 މޭ 2025 | ހުކުރު | 5:41
މި އަހަރުގެ ބޮޑު އީދުގައި މާފުށީގައި ކުރިން އޮތްނަމަވެސް އުވިގޮސްފައިވާ ބޭންޑެއްގެ މެންބަރުންގެ ހުށަހެޅުންތަކާއެކު ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެހެން ކައުންސިލް ކުންފުނިން އިންތިޒާމުތައް ފުރިހަމަކޮށްފި އެވެ.
މި އަހަރުގެ އީދު ފާހަގަކުރަން މާފުށީ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި އަހަރުގެ އީދުގެ އެންމެ ހާއްސަ އެއް ކަމަކީ އެ ރަށުގައި މީގެ 20 އަކަށް އަހަރު ކުރިން އޮތްނަމަވެސް ފަހުން އުވިގެން ގޮސްފައިވާ ބޭންޑެއް އަލުން ގެނައުމެވެ. މި ބޭންޑް އަލުން އަންނަނީ އެ ބޭންޑުގެ ކުރީގެ ފަންނާނުންނާއެކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. - އޭރުގެ މި ބޭންޑުގެ ތަރިންގެ ތެރޭގައި ހަރަކާތްތެރިވި ފަރާތްތަކަކީ މިހާރު މި ރަަށުގެ މަޝްހޫރު ގެސްޓްހައުސް ވިޔަފާރިވެރިންނެވެ. މި ފަރާތްތަކުގެ އެކި ހުށަހެޅުންތައް އީދު ޝޯގައި އޮންނާނެ އެވެ.
ސޮލާހު ވިދާޅުވީ މީގެ އިތުރުން މި އަހަރުގެ އަނެއް ތަފާތަކީ ބޭރުން ގެންނަ މިއުޒިކް ބޭންޑް ފިޔަވައި ދެން ހުރި ހުރިހާ ސަގާފީ ހަރަކާތްތަކެއް ރައްޔިތުން އިންތިޒާމު ކުރުމެވެ.