ޖާހުގެ ފްލެޓްތައް ނިންމަން އެންމެފަހުން އާރުސީސީއަށް

މިނޫސް

3 ޖޫން 2025 | އަންގާރަ | 6:16

ޖާހު އިންވެސްޓްމަންޓް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ "ދަ ގާޑަން" ގެ މަަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެޗްޑީސީ އިން ހަވާލުކޮށްފި އެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އީސާ އާދަމް (ޖައުޝާ ޖައުފަރު) ގެ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ "ދަ ގާޑަންސް" ފްލެޓްތަކަކީ ހުޅުމާލޭގައި ތަރައްގީ ކުރަމުން ދިޔަ އެންމެ ފެންވަރު މަތީ އެއް ފްލެޓްތަކެވެ. ނަމަވެސް މި ފްލެޓުތައް ނިންމަން ބުނި މުއްދަތު ފަހަނަ އަޅައި ގޮސް އަށް އަހަރު ވެގެން ދިޔައިރުވެސް އަދިވެސް ނުނިމެ އެވެ. 

"ދަ ގާޑަން" ގެ ނަމުގައި މި ފްލެޓުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެ ކުންފުންޏަކަށް ނުނިންމުނެވެ. ޖާހު ކުންފުނިން ވަނީ މި ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެތަނުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭ ގޮތަށް ޖުމްލަ 83 ލަގްޒަރީ ޔުނިޓް ހުރެ އެވެ. އަދި އެތަންތަން އެޑްވާންސްކޮށް ވިއްކައި މީހުންގެ އަތުން ވަނީ ފައިސާ ވެސް އެ ކުންފުނިން ވަނީ ނަގާފަ އެވެ. ނަމަވެސް އެތަން ނުނިންމުމުން އެކި ފަހަރު މަތިން ފުރުސަތު ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. 

މައުޟޫޢުތަށް