އޭޝިއާގެ ބޮޑު ސްކޭމް ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީ އާއެކު ހުއްޓުވައިފި
މިނޫސް
4 ޖޫން 2025 | ބުދަ | 2:05
އޭޝިޔާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި އޮންލައިން ސްކޭމްތައް ހިންގި ފުޅާ ނެޓްވޯކެއް ދިވެހި ފުލުހުންގެ ވެސް އެހީތެރިކަމާއެކު ހުއްޓުވައި، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި އެވެ.
ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ދެކުނު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށް، މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ހޮންކޮންގް ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 9،000 އަށް ވުރެ ގިނަ ސްކޭމާ ގުޅޭ ރިޕޯޓުތައް މި ގައުމުތައް ގުޅިގެން ވަނީ ތަހުގީގުކޮށްފަ އެވެ.