ޔޫއޭއީ ރައީސް އީދު ހަދިޔާގެ ގޮތުގައި 222 މީހުންގެ ދަރަނި މައާފު ކޮށްދީފި

މިނޫސް

5 ޖޫން 2025 | ބުރާސްފަތި | 8:13

ޔޫއޭއީ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން މި އަހަރުގެ އަލްހާ އީދުގެ މުނާސަބަތުގައި ދެއްވާ އީދު ހަދިޔާއެއްގެ ގޮތުން 222 ރައްޔިތުންގެ ދަރަނި މައާފުކޮށްފި އެވެ. 

ޔޫއޭއީގެ ނޫސްތަކުގައިވާ ގޮތުން ރައްޔިތުންނަށް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްވާ އީދު ހަދިޔާއެއްގެ ގޮތުން ނޭޝަނަލްސް ޑިފޯލްޓެޑް ޑެބްޓްސް ސެޓްލްމަންޓް ފަންޑު (އެންޑީޑީއެސްއެފް) އިން ވަނީ އެ ގައުމުގެ 222 ރައްޔިތަކަށް ޖުމްލަ 139 މިލިއަން ދީނާރު (ގާތްގަނޑަކަށް 37 މިލިއަން ޑޮލަރު) ނުވަތަ ރާއްޖޭގެ 578 މިލިއަން ރުފިޔާގެ ދަރަނި މައާފުކޮށްދެއްވަން ނިންމަވާފަ އެވެ. 

މި ގޮތަށް ނިންމެވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އެމިރޭޓްސްގެ ނޫސްތަކުން ބުނީ މިއީ އެމިރޭޓްސްގެ ރައްޔިތުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، މުޅި ގައުމުގައި އިޖުތިމާއީ ރައްކާތެރިކަމާއި އިގްތިސާދީ ހަމަޖެހުން ކުރިއެރުވުމަށް ލީޑަޝިޕުން ކުރާ މަސައްކަތުގެ ބައެކެވެ. 

މައުޟޫޢުތަށް