މި އަހަރުގެ ބޮޑު އީދު އެޗްޑީސީ އިން ކުލަގަދަކޮށް ފާހަގަ ކުރާނެ

މިނޫސް

5 ޖޫން 2025 | ބުރާސްފަތި | 8:14

މި އަހަރުގެ ބޮޑު އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރާން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. 

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ އީދު ފާހަގަ ކުރުން ފަށާނީ މިއަދުން ގެށިގެންނެވެ. މިގޮތުން ފުރަތަމަ އޮންނާނީ ވެދުމާ ދިއުމުގެ ނަމުގައި އިހުޒަމާނުގައި އޮންނަ ހަރަކާތެވެ. ވެދުމާ ދިޔުން، އީދު ހުޅު އަދި ބޮޑުބެރާއެކު މި ހަރަކާތް އޮންނާނީ ރުއްގަނޑު އެކެއްގަ އެވެ. މި ހަރަކާތް އޮންނާނީ 20:30، ހުޅުމާލެ 2 ގެ ޗެނަލް ބީޗް 21:00 ގަ އެވެ.

ކޮންމެ އަހަރެއްވެސް އީދު ކުލަގަދަ ގޮތެއްގައި ހުޅުމާލޭގައި ފާހަގަ ކުރެ އެވެ. މިދިޔަ ކުޑަ އީދުވެސް ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރި އެވެ. 

މައުޟޫޢުތަށް