އީދު ޚުޠުބާ | އިސްމާއީލް ގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ނަމޫނާއެއް
މިނޫސް
6 ޖޫން 2025 | ހުކުރު | 2:18
އިބްރާހިމް ގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، އިސްލާއިލް ގެފާނު ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި ވަގުތު އެ ކަލޭގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ މި ޖީލުގެ ޒުވާންނަށް ނަމޫނާއެއްގެ ގޮތުގައި ބެލުމަށް މި އަހަރުގެ އީދު ޚުޠުބާގައި ގޮވާލައްވައިފި އެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ހިމެނޭ އުލްހިޔާ ކަތިލުން ރަމްޒުކޮށްދޭ ހާދިސާއާ ބެހޭ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި އޮތް އީދު ޚުޠުބާގައި ވަނީ އަލިއަޅުއްވާ ލައްވާފަ އެވެ.
އީދު ޚުޠުބާގައި ބުނެގައިވާ ގޮތުން إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި އެވެ.