އީދު ދުވަހު މަނާ ގަޑީގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާކުރި

މިނޫސް

7 ޖޫން 2025 | ހޮނިހިރު | 1:02

އިއްޔެ ފާހަގަކުރި އަޟްހާ އީދު ދުވަހު، މާލޭގައި ވެހިކަލް ދުއްވަން މަނާކުރި ގަޑީގައި، ވެހިކަލްގައި އުޅުނު 11 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އީދު ދުވަހުގެ ހަރަކާތްތަކަށް މަގުފަހިކުރަން، އިއްޔެގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ގްރޭޓާ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާނެކަމަށް އަންގައިފަ އެވެ.

ނަމަވެސް، ސިޓީ ކައުންސިލުގެ ނިންމުމުގެ މައްޗަށް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާވާނީ މާލޭގެ އިތުރުން ވިލިމާލޭގައި އެކަނި ކަމަށް ފަހުން ކަނޑައަޅައިފަ އެވެ.

މައުޟޫޢުތަށް