ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ ޑްރަގު އަތުލައިގެންފި | މަގުމަތީގެ އަގު 26 މިލިއަން
މިނޫސް
10 ޖޫން 2025 | އަންގާރަ | 7:01
ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަސްޓަމްސް އިން މިރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އިހްސާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.