ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގެ މަސައްކަތް ހުއްޓާލަން އެލްޖީއޭ އިން އެދިއްޖެ
މިނޫސް
15 ޖޫން 2025 | އާދިއްތަ | 9:33
ތެޔޮ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ހޯކްސް ކުންފުންޏަށް ހޯރަފުށީ ކައުންސިލުން ގަވައިދާ ހިލާފަށް ބިމެއްދޫކޮށް މަސައްކަތް ކުރިއަށް ގެންދާތީ މަސައްކަތް ހުއްޓުވައި ދިނުމަށް އެލްޖީއޭއިން އެދިއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު އޮތް ބައްދަލުވުމަށް ހުށަހެޅި މައްސަލާގައި ވަނީ ހޯރަފުށީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަޖިލީހުން ވަނީ އެކަންވީ ގޮތް ސާފު ކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އޭސީސީގައި އެދިފަ އެވެ.
އެލްޖީއޭއިން މި މައްސަލާގައި ގަވައިދާ ހިލާފަށް ބިން ދޫކުރި ކަމަށް ބުނެފައިވަނީ ބިން ދޫކުރުމުގައި އެކަމުގެ ތަފުސީލް ނެތި ބިން ދޫކޮށްފައިވުމުންނެވެ. އަދި މި ބިން ދޫކޮށްފަ އެގްރިމެންޓް ހެދުމަށްފަހު ބިން ވަނީ އަލުން ބަދަލުކޮށްފަ އެވެ. ނަމަވެސް އެލްޖީއޭއިން ބުނީ އެގޮތަށް ނުހެދޭނެ ކަމަށާ އެކަން ކުރާނަމަ އަލުން އިއުލާނު ކުރަން ޖެހޭނެ ކަމަށެވެ.