ރުފިޔާއިން ސާވިސް ބަހަން ނިންމި ރިސޯޓްތަކަށް ގާސިމް ފާޑު ވިދާޅުވެއްޖެ

މިނޫސް

18 ޖޫން 2025 | ބުދަ | 6:47

ޑޮލަރުން ސާވިސް ޗާޖު ނެގުމަށްފަހު ބައެއް ރިސޯޓްތަކުން ރުފިޔާ އިން ސާވިސް ޗާޖު ދޭން ނިންމުމަކީ ހީލަތްތެރި އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައި ޓޫރިޒަމް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކަށް ފާޑު ވިދާޅުވެއްޖެ އެވެ. 

ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން މަރުކަޒީ ބޭންކުން ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ އެންމެ ދުވަސްވީ ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ މުވައްޒަފުންނަށް ސާވިސް ޗާޖު ރުފިޔާއިން ދޭން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ރާއްޖޭގެ ޓީއެމްއޭ އިން ވެސް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމާފަ އެވެ. 

މި ނިންމުންތަކާ ބެހޭ ގޮތުން ގާސިމް އެކްސްގައި މިރޭ ލިޔުއްވާފައިވާ ގޮތުގައި ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމާފައިވާ ކަމަށާއި މުވައްޒަފުން ނުރުހޭ ހާލުގައި އެކަން ކޮށްފި ނަމަ ވާނީ ހީލަތުގެ އަމަލެއްގެ ގޮތުގައި ގާސިމް ސިފަ ކުރެއްވި އެވެ. 

މައުޟޫޢުތަށް