ހުއްދަ ނުނަގައި އެއްވެވޭ ތަންތަން މާލޭގައި ހުންނާނެ ؛ ސަރުކާރުގެ ރައްދު ފައްޔާޒަށް

މިނޫސް

20 ޖޫން 2025 | ހުކުރު | 5:23

ހުއްދަ ނުނަގައި މާލޭގައި އެއްވެވޭ ތަންތަން ހުންނާނެކަމަށް ބުނެ، ސަރުކާރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ރައްދު ދީފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށާއި އެމްޑީޕީގެ އަހަރީ ދުވަހުގެ ހަފުލާތަކަށް ސަރުކާރުން ތަނެއް ނުދެއްކި ކަމަށް ފައްޔާޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަޝީދަށް އެމްޑީޕީން މަރުހަބާ ދެންނެވުމުގެ ހަފުލާ އަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރުން ތަނެއް ނުދައްކައިފި ނަމަ އެ ހަފުލާ ބާއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގެ ކަންމަތީގައި ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ އެ ހަފްލާއަށް އެމްޑީޕީގެ މެމްބަރުން އައުމަށް އެކްސްގައި ދައުވަތު ދެއްވައިފަ އެވެ.

މައުޟޫޢުތަށް