ބިދޭސީންނަށް ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާމެދު ގޮތެއް ނިންމާނީ ދިރާސާއަށްފަހު

މިނޫސް

23 ޖޫން 2025 | ހޯމަ | 5:32

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މުރާޖައާ ކުރުމަށްޓަކައި ކުރަމުން އަންނަ ދިރާސާގެ މައްޗަށް ބިނާކޮށް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖު ދިނުމާމެދު ގޮތެއް ނިންމާނެކަމަށް ލޭބާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މިނިމަމް ވޭޖު ދިނުން މަޖުބޫރު ކުރީ 2020 ވަނަ އަހަރުގަ އެވެ. އަމަލު ކުރަން ފެށީ ޖެނުއަރީ 1، 2021 ގަ އެވެ. ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖުގެ ނިސްބަތް މުރާޖައާކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާއިރު، އެކަން ކޮށްފައިނުވުމާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން، ހައިދަރު ވިދާޅުވީ، މި މަސައްކަތަކީ ފަންނީ ކަމެއް ކަމުން، އައިއެލްއޯ އާ ގުޅިގެން ދިރާސާއެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.  

އޭގެފަހުން، ބިދޭސީންނަށް މިނިމަން ވޭޖް ކަނޑައަޅަން ވިސްނަންތޯ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ދިރާސާގެ މައްޗަށް ބިނާކޮށް ކަމަށެވެ. 

މައުޟޫޢުތަށް