"މަގޭ ސޯލާ" ޕްރޮގްރާމް: 783 ކިލޯވޮޓުގެ ސޯލާ ޕީވީ ނިޒާމު ގޭބީސީތަކުގައި ހަރުކޮށްފި
ޕީއެސްއެމް
6 ޑިސެމްބަރު 2025 | ހޮނިހިރު | 9:58
މިޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގޭބިސީތަކަށް ފޯރުކޮށްދޭނެކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ފިޔަވަހީގެ ދަށުން ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައިވެއެވެ. އަދި މިނިޒާމުތައް ގާއިމުކުރަނީ ނެޓްމީޓަރިންގެ އުސޫލުގެ ދަށުންނެވެ.