ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފުޓްސަލް ޗެމްޕިއަންކަން ރާއްޖެއަށް
ޕީއެސްއެމް
24 ޖެނުއަރީ 2026 | ހޮނިހިރު | 5:54
ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ، ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ. އަދި މުބާރާތުގައި ރާއްޖެއަށް ބާކީ އެއް މެޗު އޮތްކަން ވެސް ފާހަގަކޮށްލެވެއެވެ.