ދިވެހިން ސާބިތުކޮށްދިނީ ސަރަހައްދުގެ އެއްވަނަކަން: ޠާރިޤް

ޕީއެސްއެމް

24 ޖެނުއަރީ 2026 | ހޮނިހިރު | 6:23

ލިބުނު ފުރަތަމަ ފުރުސަތުގައިވެސް ދިވެހި ފުޓްސަލް ޓީމުން މި ސާބިތުކޮށްދިނީ ރާއްޖެއަކީ މި ސަރަހައްދުގެ އެއްވަނަކަން ކަމަށާއި، މިއީ ޓީމުގެ މެނޭޖްމެންޓުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.



ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ޕީއެސްއެމުން ގެނެސްދިން ޚާއްސަ ލައިވް ކަވަރޭޖްގެތެރެއިން ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ އެއް މެޗު ބާކީ އޮއްވައި ރާއްޖެއިން ތަށިނެގުމަކީ ޓީމުގެ މެނޭޖުމެންޓުން ޓީމު އެއްބައިވަންތަކޮށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.

މައުޟޫޢުތަށް