"މިކާމިޔާބީގެ ސަބަބުން އެހެން ކުޅިވަރުތަކަށްވެސް ފައިދާކުރާނެ"

ޕީއެސްއެމް

25 ޖެނުއަރީ 2026 | އާދިއްތަ | 7:52

ގައުމީ ފުޓްސަލް ޓީމުން މިއަދު ހޯދި ތާރީޚީ ކާމިޔާބީގެ އަލީގައި އެތައް ބަޔެއްގެ ހިތުގައި ކުޅިވަރުގެ ރޫހު އާލާވެ އެހެނިހެން ކުޅިވަރުތަކަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.



ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ކަށަވަރުކޮށް މުބާރާތުގެ ފަޚުރުވެރި އެއްވަނަ ގައުމީ ފުޓްސަލް ޓީމުން ހޯދުމާއި ގުޅިގެން ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ.

މައުޟޫޢުތަށް