ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދެވޭނެ
ޕީއެސްއެމް
24 ޖެނުއަރީ 2026 | ހޮނިހިރު | 6:50
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާ ޢިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރުގައި ފުރުސަތު ދީފައިވަނީ، މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުން ނެވެ. ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިތާ ދެމަސްތެރޭ 1200އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމަށް ކުރިމަތިލާފައިވާކަން ދިފާޢީ ވުޒާރާއިން ފާހަގަކުރައްވައެވެ.