މިއީ ރަސްމީ ފުޓްސަލްއަށް ޓީމުތައް ބައްޓަންވުމުގެ ފެށުން: ޒަރީރު

ޕީއެސްއެމް

24 ޖެނުއަރީ 2026 | ހޮނިހިރު | 7:48

ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް އެފްއޭއެމްއިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކޮރަޕްޝަންގެ ހާއްޔަކަށްވެ އެފްއޭއެމްގެ ހިންގުން ބޮއްސުންލައި ދިޔުމުގެ ސަބަބުން ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރު ވެންޓިލޭޓަރުގައި ވަނިކޮށް އަދުގެ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކަކާއިއެކު ފީފާގެ ބެލުމުގެ ދަށުން ފުޓުބޯޅައަށް އަލުން އަންނަނީ ދިރުން ލިބެމުންނެވެ.



މިދިޔަ އަހަރު އަލަށް އިންތިޚާބުކުރެވުނު އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއިންދަނީ ފުޓުބޯޅަ ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅު މުބާރާތްތަކާއި، އަންހެންނުންގެ ލީގުގެ އިތުރުން ދިވެހި ޕްރިމިއަލ ލީގުވެސްވަނީ އިޔާދަކޮށްދީފައެވެ.

މައުޟޫޢުތަށް