ފަހުވަގުތު ޕްރިންސް ޖެހި ލަނޑުން ޓީސީ ހިންދެމިލައިފި
ޕީއެސްއެމް
25 ޖެނުއަރީ 2026 | އާދިއްތަ | 12:17
މެޗުގެ 29 ވަނަ މިނިޓުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިއާ އަމަޓިއަސް މާޓިނޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޓީސީގެ ކީޕަރު ވަނީ ވެއްޓިގެންފަ ސަލާމަތް ކޮއްފައެވެ.
މެޗުގެ 88 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ޓީސީ ބިދޭސީ ކުޅުންތެރިއާ އިބްރާހިމް ޖިމޯ ގޯލާ ކައިރިން ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ކީޕަރު މަތަ ކުރިއިރު ޓީސީ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ކޯނަރެއްގައި ވެލެންސިއާ ކުޅުންތެރިންނަށް އޭރިއާ ތެރެއިން ސާފު ނުކޮއްލެވުނު ބޯޅައެއް ޓީސީ ބިދޭސީ ފޯވާޑު ބޮއަޑޫ ޕްރިންސް ގޯލަށް ވައްދަލައިގެންވެ.