ދެން ބިލު ކުޑަވާނެ، އާދިއްތައިން ފެށިގެން ކަރަންޓު ޓެރިފް ރޭޓު ކުޑަކުރަން ރައީސް އަންގަވައިފި
ސަން
30 މޭ 2025 | ހުކުރު | 8:29
މި ފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާ ކަމަށް މިރޭ އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފަށް ގެންނަން އެންގެވި ބަދަލުތައް ހިއްސާކުރައްވައިފައެވެ.
އެ ބަދަލުތައް މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނެސް، އެ ކަން ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް އަންގަވައިފައިވާ ކަމަށް ވިދާޅުވިއެވެ.