ޔުމްނު ވެއްޓުނު ހާދިސާގެ އިންކުއަރީ ރިޕޯޓު ދެ ހަފުތާ ތެރޭ ރައީސަށް ހުށަހެޅޭނެ: ކޮމިޝަން

ސަން

1 ޖޫން 2025 | އާދިއްތަ | 10:18

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން، ތަހުގީގު ނިންމައި، ދެ ހަފުތާ ތެރޭ ރައީސަށް ރިޕޯޓު އަރުވާނެ ކަމަށް މިއަދު އެ ކޮމިޝަނުން ބުނެފިއެވެ.

މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.

މި ނިމުނު މޭ މަހުގެ 11ވަނަ ދުވަހު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ, އެ ކޮމިޝަންގެ މެންބަރުން ވަނީ، އެ ދުވަހާ ހަމައަށް، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން އެ ދުވަހު ބުންޏެވެ.

މައުޟޫޢުތަށް