ކުރިއަށް އޮތް އީދުގައި ވެސް 65 ރަށެއް ދިއްލަނީ
ސަން
1 ޖޫން 2025 | އާދިއްތަ | 9:03
ކުރިއަށް އޮތް އަޟްޙާ އީދުގައި 65 ރަށެއް ކުލަ ބޮކިތަކުން ދިއްލައިލާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ކަލަންޑަރުގައިވާ ގޮތުން ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހެވެ.
އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އަހަރު އީދު ލައިޓް ފޮނުވި 29 ރަށާއި މި އަހަރުގެ ފިތުރު އީދުގައި ލައިޓް ފޮނުވި 36 ރަށާއެކު ޖުމްލަ 65 ރަށުގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ.