އަންހެނުންނަށް ޚާއްސަ 100 މިލިއަނުގެ ލޯނު ސްކީމަށް ކުރިމަތިލާން މިމަހު 15ގައި ހުޅުވާލަނީ

ސަން

2 ޖޫން 2025 | ހޯމަ | 12:30

އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ފަށާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން އިއުލާންކޮށްފިއެވެ.

'ފަށާ މަދަދު ލޯނު'ގެ ނަމުގައި މި ލޯނުގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ދޭ ލޯނެކެވެ.

މައުޟޫޢުތަށް