ހުކުރު ވަގުތު ފްލައިޓު ޖެއްސުން މަނާކުރަންޖެހޭ: މެންބަރު އިބްރާހީމް
ސަން
2 ޖޫން 2025 | ހޯމަ | 11:15
މީގެ އެތައް އަހަރެއް ކުރިން އޮތް ގޮތަށް، ހުކުރު ވަގުތުގައި ފްލައިޓް ނުޖެއްސޭ ގޮތަށް ގާނޫނަށް އިސްލާހުގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން، މެންބަރު އިބްރާހީމް އެފަދައިން ވިދާޅުވީ އެއީ ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތްކަމަށެވެ.
އިބްރާހީމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާ ހަމައަށް ދިވެހިރާއްޖޭގައި ހުކުރު ދުވަހުގެ ހުކުރު ވަގުތު ފްލައިޓް އޮޕަރޭޓްކުރުމަކީ، ނުކުރާ ކަމެކެވެ.