ގައުމުގެ ހާލަތާ އަޅައިބަލާއިރު މަޝްރޫއުތަކުގެ ސްޕީޑު އަވަސް: ހަސަން ޒަރީރު

ސަން

2 ޖޫން 2025 | ހޯމަ | 11:41

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާ އަޅައިބަލާއިރު، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސްޕީޑު އަވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތައް ފަށައިފައިވާ ކަމަށާއި، އެހެން ނަމަވެސް އެންމެ އެކަށީގެންވާ ސްޕީޑުގައި އެ ކަންކަން އަދި ކުރިއަށްނުދާ ކަމަށެވެ.

އެހެން ނަމަވެސް ގައުމު އޮތް ހާލަތާ އަޅައިބަލާއިރު، މަޝްރޫއުތައް ކުރިއަށްދާ ސްޕީޑު ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް