މަގުމަތީގެ ރައްކާތެރިކަމަށް ޕްރޮގްރާމްތައް ހިންގުމަށް ފުލުހުން ތިން ކުންފުންޏަކާއެކު އެއްބަސްވުމަކަށް
ސަން
3 ޖޫން 2025 | އަންގާރަ | 5:42
މަގުމަތީގެ ރައްކާތެރިކަން މިހާރަށް ވުރެ އިތުރުކުރުމަށް ޕްރޮގްރާމުތައް ހިންގުމަށް ފުލުހުން ތިން ކުންފުންޏަކާއެކު، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފުލުހުން ސޮއިކުރީ، އުރީދޫއާއި އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކުގައެވެ.
އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީނެވެ.