10 އަހަރު ކުރިން ހަމަލާއަކުން ކިރިޔާ ސަލާމަތްވި މަހުފޫޒަށް އަނެއްކާ ވެސް އިންޒާރެއް ދީފި
ސަން
4 ޖޫން 2025 | ބުދަ | 12:12
މީގެ 10 އަހަރު ކުރިން މާލޭ މަގުމަތީގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ގާނޫނީ ވަކީލު މަހުފޫޒު ސައީދަށް، "ވަޅިއެއް ޖަހަންވީތޯ" އަހައި އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މަހުފޫޒަށް އިންޒާރު ދީފައި ވަނީ ޖާނަލިސްޓް ގާސިމް ކިޔާ އެކައުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އޭނާއަށް ނިސްބަތްކޮށް، ދީފައިވާ އެ އިންޒާރު ހިއްސާކުރައްވައި މަހްފޫޒު ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ އެދިލައްވައިފައެވެ.