ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހަ ހަފުތާ ތެރޭ 62 ކޭސް
ސަން
4 ޖޫން 2025 | ބުދަ | 1:26
މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31ގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަަދަދު އިތުރުވެ، ކޭސްތަކުގެ އަދަދު 62އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިހާރު ފެތުރެމުންދާ ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރަމުން އަންނަނީ އިންފްލުއެންޒާއާއި ކޮވިޑެވެ.
މި އަހަރުގެ މިހާތަނަށް ކޮވިޑްގެ 107 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި ހަ ހަފުތާ ތެރޭގައި ރިޕޯޓުކުރި 62 ކޭސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއާ އަޅައިބަލާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 27 މީހެކެވެ.