ޢީދުގެ އުފަލުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުން ވެސް ބައިވެރިކުރަން ސިޔާމް އެދިވަޑައިގެންފި

ސަން

5 ޖޫން 2025 | ބުރާސްފަތި | 10:01

އަޟްހާ އީދުގެ އުފަލުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުން ވެސް ބައިވެރިކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު އެދިވަޑައިގެންފިއެވެ.

އުފާވެރި އަޟްހާ އީދުގެ ތަހުނިޔާއާއި މުބާރަކުބާދީ، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސް ކުރައްވަައި، ސިޔާމް ފޮނުއްވި ޚިތާބުގައިވަނީ އަޟްހާ އީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިލާމެހިފައިވާ އުފާފާޅުކުރުމުގެ ދުވަސްތަކެއް ކަމުގައިވާއިރު، ޙައްޖުގެ އަޅުކަމުން ލިިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އެ ޚިތާބުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުންގެންދާ އެންމެހައި މުސްލިމުންނަށް މަބުރޫރު ޙައްޖެއް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

މައުޟޫޢުތަށް