ދާރުލް އާސާރުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަނީ
ސަން
4 ޖޫން 2025 | ބުދަ | 11:36
ދާރުލް އާސާރުން ދުން އަރާތީ، ދާރުލް އާސާރުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިކަމާ ގުޅިގެން ސިފައިންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ، ދާރުލް އާސާރުން ދުން އަރާކަމުގެ ރިޕޯޓެއް ލިބިފައި ވާކަމަށެވެ. ނަމަވެސް، އަލިފާނުގެ އެއްވެސް އަސަރެއް މިހާތަނަށް ފެނިފައި ނުވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ދުން ވަސް ދުވިކަމަށެވެ. ނަމަވެސް، އަލިފާނުގެ އެއްވެސް އަސަރެއް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.