ހާލުދެރަވެގެން ފަރުވާދެނިކޮށް 45 އަހަރުގެ ގައިދީއަކު މަރުވެއްޖެ

ސަން

5 ޖޫން 2025 | ބުރާސްފަތި | 10:54

މާފުށީ ޖަލުގައި ހުރި ގައިދީއަކު ހާލުދެރަވެގެން ފަރުވާދެނިކޮށް ރޭ މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަނިކޮށް، ނ. މާފަރު، ހިތްފަސޭހަގެ އުމުރުން 45 އަހަރުގެ މޫސާ ހަސަންގެ ހާލު ދެރަވެގެން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އޭޕްރިލް މަހުކަމަށެވެ.

އަދި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް، ހިތް ހުއްޓިގެން މަރުވީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ކަރެކްޝަންއިން ބުންޏެވެ.

މައުޟޫޢުތަށް