ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މުސާރައާއި އެލަވަންސަށް 12.7 މިލިއަން، ލިވިން އެލަވަންސަށް އެކަނި 5.42 މިލިއަން

ސަން

7 ޖޫން 2025 | ހޮނިހިރު | 10:43

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އުފެއްދި ފަހުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ސިޔާސީ މުވައްޒަފުންނަށް ލިވިން އެލަވަންސަށް އެކަނި 5.42 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން އެދިފައިވާ މައުލޫމާތަށް ދިން ޖަވާބުގައި އެ މިނިސްޓްރީން ވަނީ، ނޮވެންބަރު 17، 2023އިން ފެށިގެން މި އަހަރުގެ އޭޕްރިލް 30ގެ ނިޔަލަށް ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ކުރި ޚަރަދު ހާމަކޮށްފައެވެ.

އެ މައުލޫމާތުގައިވާ ގޮތުން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު 48އަށް އަރައެވެ. އޭގެ ތެރޭގައި ތިން ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ. އަދި, 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 13 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.

މައުޟޫޢުތަށް