ޢީދުގައި ކެރީގެ އަސަރުކުރާނެ، ބަންދު ނިމެންވާއިރަށް މޫސުން ގޯސްވާނެ
ސަން
5 ޖޫން 2025 | ބުރާސްފަތި | 3:01
ކުރިއަށް އޮތް ޢީދު ބަންދު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި ބަންދު ނިމެންވާއިރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ލަފާކޮށްފިއެވެ.
ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ދަތުރުކުރަން ފަށާފައެވެ.
މެޓުން މިއަދު 'ސަން'އަށް ބުނީ، މިއަދާ މާދަމާ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.