ބޮޑު ވޯޓާ ސްލައިޑަކާއެކު ފައުންޓަން ޝޯއަކާއެކު އެމްޓީސީސީ އީދު ހަރަކާތްތައް މާލެ، ހުޅުމާލޭގައި
ސަން
5 ޖޫން 2025 | ބުރާސްފަތި | 10:19
މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، ޖުމްހޫރީ މައިދާނުގައި ފައުންޓެއިން ޝޯއަކާއި ހުޅުމާލޭގައި ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ އަޟްހާ އީދުވަނީ މާދަމާ އަށެވެ. އެމްޓީސީސީން ބުނީ، ޖުމްހޫރީ މައިދާނުގައި ބާއްވާ "ޖުމްހޫރީ ފައުންޓެއިން ޝޯ" ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އާދިއްތައިގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00ގެ ނިޔަލަށް ކަމަށެވެ.
އެ ކުންފުނިން ބުނީ ޖަޔަންޓް ވޯޓާ ސްލައިޑުގެ ހަރަކާތްތައް ވެސް އަންނަ އާދިއްތައިގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.