ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ދިއްދޫގައި 2،000 ގަސް އިންދައިފި

ސަން

5 ޖޫން 2025 | ބުރާސްފަތި | 10:42

ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ޚާއްސަ ހަރަކާތްތަކެއް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފިއެވެ.

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫންމަހުގެ ދެވަނަ ދުވަހުން ހަތަރަކަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، މި ފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމެވެ.

މި ތިން ދުވަހުގެ ހަރަކާތަކީ ދިއްދޫ ކައުންސިލާއި، ދިއްދޫ ކުރިމަގު ޖަމިއްޔާއާއި ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން، އާންމުންގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވުނު ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ.

މައުޟޫޢުތަށް