ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ އެއްބައިވަންތަކަން ދަމަހައްޓަން: ޢީދު ޚުތުބާ
ސަން
6 ޖޫން 2025 | ހުކުރު | 7:44
މާތްވެގެންވާ ޙައްޖުގެ އަޅުކަމާއި ޢީދު ޝަރުޢުކުރެއްވީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދަމަހައްޓައި، އެއް ބަޔަކު އަނެއް ބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައިކަމަށް މިއަދުގެ ޢީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދަކީ ބޮޑު ޢީދު ދުވަހެވެ. އެއީ، ޙައްޖުގެ މަތިވެތި އަޅުކަމާ ގުޅިގެން އަންނަ އުފާވެރިކަމުގެ ޢީދެކެވެ.
ޢީދު ޚުތުބާގައި ބުނީ، ޙައްޖުގެ އަޅުކަމާ ގުޅިގެން މި ޢީދު ޚާއްސަކޮށްފައިވަނީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި ފުރިހަމަ ކުރާތީ ކަމަށެވެ. އެ ގޮތުން، ޙައްޖުވެރިން މިއަދު މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެއެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެއެވެ. އަދި. ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނެއެވެ.