މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާވާނީ މާލެއާއި ވިލިމާލެގައި، ހުޅުމާލޭގައި ދުއްވޭނެ
ސަން
6 ޖޫން 2025 | ހުކުރު | 3:52
މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހާ ގުޅިގެން ހަވީރު 16:00 އިން 18:00އަށް މާލެ ސަރަހައްދުގައި އުޅަނދުތައް ދުއްވުން މަނާކޮށްފައި ވަނިކޮށް، ހުޅުމާލޭގައި ހަވީރު ވެހިކަލް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ، މިއަދު ހަވީރު 16:00 އިން 18:00އަށް މާލެ ސަރަހައްދުގެ ހުރިހާ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފައެވެ.
އޭގެ ފަހުން، އިއްޔެ ހަވީރު ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ހުޅުމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެއް ނުވެއެވެ.