"އަމާޒަކީ 2027 އަންނަވާއިރަށް ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން"
ސަން
6 ޖޫން 2025 | ހުކުރު | 6:16
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަޕްލޭންގައި އޮތް ގޮތަށް، 2027 އަންނަންވާއިރަށް ފަތުރުވެރިކަމުން ހަ ބިލިއަން ޑޮލަރު ހޯދަން ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓްރީން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު, ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރު އާންމުކުރި 2027ގެ ނިޔަލަށް އަމަލުކުރާ މި މާސްޓާޕްލޭންގައި އެ އަމާޒު ހިމެނޭކަމަށެވެ.
ނަމަވެސް އޭގައި ހުރި ބައެއް ކަންކަން ނުކުރެވިވާ ކަމަށާއި އެއީ ކީއްވެތޯ ބެލުމަށް އެ ޕްލޭން ރިވިއު ކުރަމުން އަންނަ ކަމަށެވެ.