މަނާ ވަގުތު ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާކޮށް، 3 ވެހިކަލް ޓޯކޮށްފި
ސަން
6 ޖޫން 2025 | ހުކުރު | 9:40
ބޮޑު އީދާ ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މާލެއާއި ވިލިމާލޭގައި މަނާކޮށްފައި އޮތް ވަގުތު، ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދަށް ނެރުނު އިއުލާނުގައި އޮތީ ހަވީރުގެ އެ ވަގުތުގައި ދުއްވަން ހުއްދަ އޮންނާނީ އާންމުދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި، އެމަޖެންސީ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލަށް ކަމަށެވެ.
އެއާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.