މި ސަރުކާރުން މަސްވެރި ސިނާއަތަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓު ކުރާނެ: ޝިޔާމް

ސަން

7 ޖޫން 2025 | ހޮނިހިރު | 7:24

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް 4.5 ބިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މެރިކަލްޗާ، ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މިސަރުކާރުން ކުރުމަށް އަމާޒު ހިފާފައިވާ ކަމެކެވެ. އެ ކަމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފަހި ފުރުސަތުތަކެއް ސަރުކާރުން ތަނަސްކޮށްދޭން ވަނީ ނިންމައިފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ޝިޔާމް ވިދާޅުވީ، މެރިކަލްޗާއަށް އިންވެސްޓުކުރަން ބޭރުގެ އިންވެސްޓަރުންނަށް އަންނަ މަހު ސަރުކާރުން ހުޅުވައިލާނެ ކަމަށެވެ.

މައުޟޫޢުތަށް