ކެނދިކުޅުދޫ "ކަނޑޫ އޮޑި"، ސަގާފީ ކުލަތަކާއި ފޯރީގައި މުޅިން އާ ފެށުމެއް
ސަން
8 ޖޫން 2025 | އާދިއްތަ | 5:09
ނ. ކެނދިކުޅުދޫގައި މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރާއިރު އެ ރަށުގައި ކުރިއަށްގެންދިޔަ "ކަނޑޫ އޮޑި" ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މި ހަރަކާތަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރިއަށްގެންދިޔަ، މިހާރު އުވިގޮސްފައިވާ "ޖަހާ ދޯނި" ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ، މިއީ އެ ރަށު ޒުވާނުންތަކެއްގެ ޚިޔާލެއް ކަމަށެވެ. އެ ގޮތުން، "ކަނޑޫ އޮޑި" ރޭހަށް ޕްރޮޕޯސަލް ހުށަހެޅުމާ އެކު މި މުބާރާތުގެ ތައްޔާރީތައް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.