މަޝާއިރުގެ ކަންކަން ނިންމައި، ދިވެހި ހައްޖުވެރިން މައްކާއަށް ދަތުރު ފަށައިފި

ސަން

8 ޖޫން 2025 | އާދިއްތަ | 5:56

މަޝާއިރުގެ ކަންކަން ނިންމައި، ދިވެހި ހައްޖުވެރިން އެނބުރި މައްކާއަށް ދަތުރު ފަށައިފިއެވެ.

ހައްޖުވެރިން މައްކާއަށް ދަތުރު ފެށީ، ހައްޖުމަހުގެ ދިހައަކާއި އޭގަރައިގެ އިތުރުން ބާރަ ވަނަ ދުވަސް މިނާގައި ހޭދަކުރުމަށް ފަހުގައެވެ. އެގޮތުން، މިނާގައި ހައްޖުވެރިން ވަނީ ތިން ޖަމްރާއަށް ހިލަ އުކައި، އިޙްރާމް ކަނޑާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަޒީރުންގެ ޓީމެއް ރޭ މިނާގެ ޓެންޓުތަކަށް ޒިޔާރަތްކުރައްވައި، ހައްޖުވެރިންގެ ހާލު ބައްލަވާފައިވެއެވެ.

މައުޟޫޢުތަށް