ރައީސް ސައުދީގެ ހައްޖު މިނިސްޓަރާ ބައްދަލުކުރައްވާ، އިންތިޒާމުތަކަށް ތައުރީފު ކުރައްވައިފި

ސަން

8 ޖޫން 2025 | އާދިއްތަ | 7:12

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ މުސްލިމުންނަށް އެ ގައުމުގެ ސަރުކާރުން ދިން ސަމާލުކަމާއި ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ.

ރައީސްވަނީ ސައުދީ ސަރުކާރުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ބައްދަލު ކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލު ކުރެއްވުމުގައި ދެ ހަރަމްފުޅުގެ ޚާދިމު، ކިންގް ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދަށާއި، އަދި އެގައުމުގެ ވަލީއަހުދާއި ބޮޑުވަޒީރު އަލްއަމީރު މުހައްމަދު ބިން ސަލްމާނަށް ރައީސް މުއިއްޒު ޝުކުރު އަދާކުރައްވައިފައި ވާކަމަށެވެ.

މައުޟޫޢުތަށް