50 ކައުންސިލް އިދާރާ މަޝްރޫއު: ފީސިބިލީޓީ ސްޓަޑީ ހަދަން ޗައިނާގެ ވަފުދު އަންނަ މަހު އަންނަނީ

ސަން

8 ޖޫން 2025 | އާދިއްތަ | 10:39

ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހަދަން، އެ ގައުމުގެ ވަފުދެއް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ ކައުންސިލް އިމާރާތްތައް ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމަށް ޓަކައި ޗައިނާގެ ސަރުކާރުންދޭ އެހީގެ ދަށުން، ރާއްޖެއިން އެ ގައުމާއެކު 'ލެޓާ އޮފް އެކްސްޗޭންޖު'ގައި ސޮއިކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ، އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ޓަކައި، ޗައިނާގެ ވަފުދެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް