މޫސުމީ ބަދަލުތަކަށް ހޭނެން ގައުމީ ފެންވަރުގައި ތައްޔާރުވެ، ފަރުދީ ޒިންމާ އަދާކުރަން ޖެހޭ: ޝިޔާމް

ސަން

8 ޖޫން 2025 | އާދިއްތަ | 11:11

މޫސުމީ ބަދަލުތަކަށް ހޭނެން ގައުމީ ފެންވަރުގައި ތައްޔާރުވެ، ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުއްވައި ނެރުއްވި ބަޔާނެއްގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ މޫދާއި ކަނޑަށް ވާއިރު، އިގުތިސާދީ ނާރެސް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު ވަސީލަތަކީ ކަނޑު ކަމަށެވެ.

މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެ މާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ، ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ގުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް