ޖުމްލަ 34 ކިލޯގެ މަސް ބާނައި، ހަނީބަނީ މަސް ރޭހުގެ ޗެމްޕިއަންކަން 'ފުޅަނގި'ން ހޯދައިފި
ސަން
8 ޖޫން 2025 | އާދިއްތަ | 11:47
ބ. ދަރަވަންދޫ މަގޭ އީދު 1446ގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ، ހަނީބަނީ މަސް ރޭހުގެ ޗެމްޕިއަންކަން، ޖުމްލަ 34 ކިލޯގެ މަސް ބޭނި ޓީމް ފުޅަނގިން ހޯދައިފިއެވެ.
ޖުމްލަ ނުވަ ޓީމަކުން ބައިވެރިވި ހަނީބަނީ މަސް ރޭހަކީ ދަރަވަންދޫގެ ހަނީބަނީ ރެސްޓޯރެންޓުގެ އެހީތެރިކަމާއެކު އެ ރަށު ކައުންސިލުން ކުރިއަށްގެންދިޔަ މަސްރޭހެކެވެ.
އެ މުބާރާތުގެ އެއްވަނަ ފުޅަނގިން ހޯދީ، 34 ކިލޯގެ މަހަށް ޖުމްލަ 349.5 ޕޮއިންޓު ހޯދައިގެންނެވެ. އެއާއެކު އެ ޓީމަށް އިނާމެއްގެ ގޮތުން 15،000 ރުފިޔާ ވަނީ ލިބިފައެވެ.