ހުއްދަ ނުހޯދައި، ހިޔަލައިގެ އީދު ލަވަ ޕީއެސްއެމްއިން ދެއްކިކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަނީ

ސަން

9 ޖޫން 2025 | ހޯމަ | 12:10

ބޮޑު އީދަށް ޚާއްސަކޮށް 'ހިޔަލަ' ގުރޫޕުން ނެރުނު އީދު ލަވަ ހުއްދަ ނުހޯދައި، ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލެއްކަމަށްވާ ޓީވީއެމުން ދެއްކި ކަމަށް ބުނެ، ޕީއެސްއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެ ގުރޫޕުން ބުނެފިއެވެ.

'އީދު ބޯމަތިވަނީ'ގެ ނަމުގައި ނެރުނު އެ ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް، 86،000 އަށްވުރެ ގިނަ މީހުން ޔޫޓިއުބްގައި އެ ވީޑިއޯ ބަލާފައިވެއެވެ.

އެ ލަވަ ޓީވީއެމްގެ އީދު ކަވަރޭޖުގެ ތެރެއިން އިއްޔެ ވަނީ ދައްކާފައެވެ. އެގޮތުން، ޓީވީއެމްއިން ލަވަ ދައްކާފައި ވަނީ ލިބިފައިވާ 'ހަދިޔާ'އެއް ކަމަށް ބުނެއެވެ.

މައުޟޫޢުތަށް