ޙައްޖުގެ އަޅުކަމަށް ފަހު، ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެއަށް
ސަން
9 ޖޫން 2025 | ހޯމަ | 2:54
ޙައްޖުގެ އަޅުކަމަށް ސައުދީ އަރުބިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެއަށް ވަޑައިގަންނަވަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ޖިއްދާގެ ގަވަރުނަރު ޕްރިންސް ސައުދު ބިން އަބްދުﷲ ބިން ޖަލަވި އަލް ސައުދު އެއާޕޯޓަށް ވަޑައިގެންނެވި ކަމަށެވެ.
ސައުދީގެ ރަސްގެފާނުގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޙައްޖަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 31 ގައެވެ.